ޑައުން ސިންޑްރޯމް
ޑައުން ސިންޑްރޯމް މި ލިޔުމުގައި އަލިއަޅުވާލާނީ އުފެދުމުގައި ދިމާވާ ތަފާތު ކަމަކުން މެދުވެރިވާ ނުކުޅެދުންތެރިކަމެއް ކަމަށްވާ ޑައުން ސިންޑްރޯމް އަށެވެ. ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ދިމާވާ އުނިކަމެކެވެ. އިންސާނުންގެ ހަށިގަނޑު އުފެދިފައިވަނީ އެތައް މިލިޔަން ކުދި ކުދި ސެލްތަކަކުންނެވެ. އާންމުގޮތެއްގައި މިއިން ކޮންމެ ސެލް އެއްގައި 23 ކްރޮމޮސޯމްސްގެ ދެ ޖޯޑު ހިމެނި މުޅިއެކު 46 ކްރޮމޮސޯމްސް އަށް ވެއެވެ. ޑައުން ސިންޑްރަމް މެދުވެރިވަނީ މި 46 ކްރޮމޮސޯމްސް ގެ ތެރެއިން 21 ވަނަ ޖޯޑު ގައި 2 ކްރޮމޮސޯމްސް ގެ ބަދަލުގައި 3 ކްރޮމޮސޯމްސް އަށް ބަދަލު ވުމުންނެވެ. މީގެ ސަބަބުން ޑައުންސިންޑްރޯމް ހުންނަ ކުދިންގެ ސެލްތަކުގައި 47 ކްރޮމޮސޯމްސް ހިމެނެއެވެ. މިގޮތަށް މި އިތުރުވާ ކްރޮމޮސޯމްސް އިތުރު ވަނީ ކޮން ސަބަބަކާހުރެކަމެއް މިހާތަނަށް ހޯދިފައެއްނުވެއެވެ. އެހެން ނަމަވެސް މި އިތުރުވާ ކްރޮމޮސޯމްސް ނުވަތަ ޖެނިޓިކް މި މާއްދާގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމަށާއި، ޖިސްމާނީ ތަރައްގީ އަދި ވިސްނުން ތަރައްގީ ވަމުން އަންނަ ގޮތަށް ބޮޑެތި ބަދަލު ތަކެއް އަން...